ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް އެމްޑީޕީން އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރޯދަ މަހުގެ އެއްވެސް ދުވަހެއްގައި އިންތިޚާބެއް ނުބޭއްވޭ ގޮތަޑް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހު ކުރުމަށް ޝިފާއުގެ ހުށައެޅުމުގައި ބުނެފައި ވެއެވެ.

އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށްވެސް ބުނެފައި ވެއެވެ.

މި އިސްލާހު ހުށަހަޅާފައިމިވަނީ މިއަހަރުގެ ރޯދަ މަހުގައި މަޖިލީސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނިކޮށެވެ. އީސީން ވަނީ 17 މާޗްގައި އިންތިޚާބު ބާއްވާ ގޮތަށް ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން