އަމީނީ މަގުގައި ހުރި މައްސަލަތައް ބަލައި ރަނގަޅު ކުރަން ފަށައިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

އަމީނީ މަގު އެއްކޮށް ނިންމިތީ އަދި މާގިނަ ދުވަހެއް ނުވެއެވެ. ނަމަވެސް މިހާރު ވެސް ބައެއް ހިސާބުތަކުން ތާރު ގަނޑު ކަނޑައިގެން ގޮސްފައިވާތީ އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އެފަދައިން ފާޑުކިީ މީހަކަށް އެކްސްގައި ޖަވާބު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްުދުﷲ މުއްތަލިބު ވިދާޅުވީ އަމީނީ މަގު އިއްޒުންދީން މަގާ ހަމައަށް ކޮށްފައިވާ މަސައްކަތަކީ މި ސަރުކާުރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ކޮށް ނިންމާފައިވާ މަސައްކަތްތަކެއް ކަމަށެވެ.

އަދި އާރުޑީސީއިން މިހާރު ދަނީ އަމީނީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި މައްސަލަތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. 13 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ތާރުއެޅުން އާރްޑީސީން ނިންމާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

މި މަސައްކަތަށް 84.4 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން