ރައްޔިތުންގެ މަޖިިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު "ރަސް"އަށް ވިދާޅުވީ ބޮޑެތި މައްސަލަަތަކެއް މި ވަގުތު ހުރުމުން ޖަލްސާތައް ބޭއްވުމަށް މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވަން ކަނޑައަޅާފައިވާ ދުވަހުގެ މައްސަލައާއި ކުއްލިއަކަށް މެމްބަރުން ޕާޓީ ބަދަލުކުރުމާއި ރައްޔިތުން މި ފަހަކަށް އައިސް އިންތިހާބުތަކުގައި ވޯޓުލާން ނުނިކުތުމަކީ ކަންބޮޑުވާން ޖެހޭ މައްސަަލައެއް ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެހެންވެ އިދިކޮޅު ޕާޓީތަކުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށް މެންބަރު ވިދާޅުވި އެވެ.

އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާ ކުރަން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މިހާރު ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން ގއ، ވިލިނގިލިން ހާލުބޮޑުވި ކުއްޖަކު މަރުވި މައްސަލަ ވެސް މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން