ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުން މަސައްކަތުގައި
ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުން މަސައްކަތުގައި
ރާއްޖެ އިން ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. މިއަދު ކޮވިޑަށް 92 ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކަކު ވެސް ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން ވެސް މިހާ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ.

މިވަގުތު ކޮވިޑް ބައްޔަށް ފަރުވާގައި ތިބީ 929 މީހުންނެވެ. ބަލީގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން