މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ހިލޭ އެހީގެ ދަށުން މިސްކިތްތައް ބިނާކުރަން ތިން ފަރާތަކާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ހިލޭ މިސްކިތް އަޅަން ސޮއި ކުރި ތިން ފަރާތުގެ ތެރޭގައި އަލީމް ފައުންޑޭޝަން، ވީސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް ހިމެނެ އެވެ.

އެ ތިން ފަރާތަކީ ވެސް ހިލޭ މިސްކިތް އަޅައިދިނުމަށް އެދުނު ތިން ފަރާތް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ އެއްބަސްވުމ،ުގެ ދަށުން އަޅަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަޅާ ދެ މިސްކިތާއި ތިން ބުރިއަށް އަޅާ ޒިކުރާ މިސްކިތް ހިމެނެ އެވެ،

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އުފައްދަން ހިމަނާފައިވާއިރު މިދިޔަ ޑިސެމްބަރު މަހު ވަނީ އެ މަޖިލިސް އިފްތިތާުހުކޮށްފަ އެވެ.

މިއީ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން