ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ފަންޑުން 5 ލައްކަ ރުފިޔާގެ އަގުހުރި 32 މެޑިކަލް އެނދު ހަދިޔާކޮށްފިއެވެ.

ގުރައިދޫ މަރުކަޒަށް ޒަމާނީ މެޑިކަލް އެނދު ހަދިޔާކުރުމާ ބެހޭ ލިއުމާ ހަވާލުވެވަޑައިގަތީ އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ. މި މިލިއުން ވަޒީރާ ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

5 ލައްކަ ރުފިޔާގެ އަގުހުރި މި އެނދުތައް ހަދިޔާކުރީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުުގައިވާ ފަންޑް މެދުވެރިވެގެންނެވެ. މި ފަންޑަކީ ޢާންމުންނާއި އެކި ފަރާތްތަކުން ދީނީ އަދި އިޖުތިމާއީ ކަންކަމަށް ފައިސާ ހަދިޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑެކެވެ.

"ޚާއްޞަ އެހީތެރިކަަމަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ފަންޑުން ޚަރަދުކޮށްގެން މި ހަދިޔާ ކުރަނީ ޒަމާނީ މެޑިކަލްބެޑް، މިއަދު މި ހަދިޔާކުރާ ބެޑްގެ ޚަރަދަކީ ފަސްލައްކަ ހަތަރު ހާސް ރުފިޔާގެ ބެޑް، އެއީ 32 މެޑިކަލް ބެޑް." ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

އިހުސާންތެރިވުމަކީ އިސްލާމްދީން ނުހަނު ބާރު އަޅުއްވާ ސިފައެއް ކަމަށާއި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅާލުން ހިމެނޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެހެން ކަމުން، މިނިސްޓަރ ވަނީ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން ﷲގެ މަގުގައި ހޭދަކުރެއްވުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން