ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހުންނަށް ހަފުތާ ބަންދުގައި ވެސް ކުށުގެ ރެކޯޑް ސާފުކޮށްދޭން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައި ވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.

އެކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިލެކްޝަންސްގެ ނިންމުމާ ގުޅިގެން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް ބަންދު ދުވަސްތަކުގައި ވެސް ކުރެވޭނެ

ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ކުށުގެ ރެކޯޑްގެ އިތުރުން ދަރަނީގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް އެޑްމިނިސްޓްރޭޝަނުން ކުރާއިރު ކުށުގެ ރެކޯޑް ސާފުކުރުމުގައި އެންމެ ގިނަ ދުވަސްތަކެއް ހޭދަވަނީ ވެސް އެ ޑިޕާޓްމަންޓުން ނެވެ. އެއީ

ކުށުގެ ރެކޯޑް ސާފުކުރަން އެ ޑިޕާޓްމަންޓުން ރާއްޖޭގެ ރަށްރަށުގެ ހުރިހާ ކޯޓުތަކުން ވެސް މައުލޫމާތުތައް ނަގާތީ އެވެ،

އެ ޑިޕާޓްމަންޓުން ރެކޯޑް ސާފުކުރުމަށް ޖުމްލަ ފަސް ދުވަސް ހޭދަވެ އެވެ. އެހެންވެ އެ މުއްދަތު ލިބޭ ގޮތަށް ރެކޯޑު ސާފުކުރަން ހުށަހަޅަން ވެސް އެ ޑިޕާޓްމަންޓުން ވަނީ އިލްތިމާސްކޮށްފަަ އެވެ.

ބަންދު ދުވަސްތަކުގައި ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅަން ޖެހޭ ވަގުތުތައް؛

2 ފެބުރުވަރީ 2024 ވާ ހުކުރު ދުވަސް: 16:00 އިން 19:00 އަށް،

3 ފެބުރުވަރީ 2024 ވާ ހޮނިހިރު ދުވަސް: 11:00 އިން 15:00 އަށް،

9 ފެބުރުވަރީ 2024 ވާ ހުކުރު ދުވަސް: 16:00 އިން 19:00 އަށް،

10 ފެބުރުވަރީ 2024 ވާ ހޮނިހިރު ދުވަސް: 11:00 އިން 15:00 އަށް.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން