އދ. ގެ ފަތުރުވެރިކަނާބެހޭ ޚާއްޞަ މުޝީރަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ހަމަޖައްސައިފިއެވެ.

ޖަނާހަކި ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ޓޫރިޒަމް އިންޑަސްޓްރީގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެކެވެ.

އޭނާއަށް އިތުބާރުކޮށް އެ މަގާމަށް އައްޔަން ކުރެއްވިކަމަށްޓަކައި ޖަނާހު ވަނީ ޔޫއެންޑަބްލިޔުޓީއޯގެ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަނާހު ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ޔޫއެންޑަބްލިއުޓީއޯގެ މުހިންމު މަސައްކަތައް ކުރިއެރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އެރޮނގުން ރާއްޖެއަށް ޚިދުމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް ވެސް ޖަނާހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން