ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ ތަންތަން އިމިގްރޭޝަނުން ރެއިޑްކޮށްފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އެކްސްއެއްގައި ބުނީ އެ ތަންތަން ރެއިޑްކުރީ ޖޮއިންޓް ޓާސްކު ފޯސް ގުޅިގެން ކަމަށެވެ.

އެ އިދާރާއިން އާންމުކުރި ވީޑިއޯއިން ބިދޭސީން އުޅޭ ތަންތަނަށް ވަދެ މީހުން ފާސްކުރާ މަންޒަރު ފެނެއެވެ. މިވިޑިއޯއިން ފެންނަ ގޮތުގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު ވެސް ފެނިގެން ދެއެވެ. މި ވިޑިއޯއިން ފެންނަ ތަންތަނަކީ ދިރިއުޅެން އެކަށީގެން ނުވާ ސާފު ތާހިރުކަމެއް ނެތް ވަރަށް ކުދިކުދި ތަންތަން ކަން ފާހަގަކޮށްލެވެއެ.

އެ ރެއިޑާ ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

އަދި މި ރެއިޑްގައި އެއްވެސް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމެއް ވެސް ނޭނގެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ދާދި ފަހުން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓް ނަގައި، އެ މީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިވާ ބަޔަކަށް ހެދުމަށްކަމަށެވެ.

އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނަށް ވޮލަންޓަރީކޮށް، ރާއްޖެއިން ފުރައިގެން ދިޔުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިނިސްޓްރީގައި ހުރި ބިދޭސީންގެ ޑިޕޮސިޓް ފައިސާއިން އެ މީހުންނަށް ޓިކެޓް ނަގައިދިނުމަށްފަހު، އަމިއްލަޔަށް ރާއްޖެ ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން