ހެލްތު މިނިސްޓަރ އަމީން
ހެލްތު މިނިސްޓަރ އަމީން
ކޯވިޑް-19ގެ ހާލަތު އަނެއްކާވެސް ނުރައްކާ ވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މިއަދުކަން ފާހަގަކޮށްލެވެއެވެ. އަމީން ވަނީ އާންމު ހާލަތަށްދާން އެދޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ރަައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

"އާންމު ހާލަތަށް އެދޭނަމަ މާސްކު އަޅުއްވާ. އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ. ބައްދަލުވާ އަދަދު މަދުކުރައްވާ. ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައިނުގަންނަވާ. ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަގަދަވޭ." ހެލްތް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 92 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 31 މީހަކާއި އިންޑިއާ ނުވަ މީހެއްގެ އިތުރުން ސްރީލަންކާ ހަތަރު މީހުންނާއި ފިލިޕީސް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު ވަނީ 3،506 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން