އިންޑިއާގެ އެހީގައި ހދ. ހަނިމާދޫގައި އެޅި އެއާޕޯޓްގެ ރަންވޭ އާދީއްތަ ދުވަހަށް ބޭނުންކުރެވޭ ވަރު ވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.

އެކުންފުނިން ބުނީ މިދިޔަ ނޮވެމްބަރު ހިސާބުގައި އާ ރަންވޭގެ 1.2 ކިލޯމީޓަރު ނިންމުމަށް ފަހު އެބައި ހުޅުވަނީ، މިހާރު ބޭނުންކުރާ ރަންވޭގެ މައްޗަށް އެ އެއާޕޯޓުގައި ހަދާ ރަންވޭއިން ބައެއް އަރާތީ ކަމަށެވެ.

"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އާ ރަންވޭގެ ނިމިފައިވާ 1200 މީޓަރު ހިންގުމުގެ ޝެޑިއުލާ އެއްގޮތަށް. އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ހުކުރު ދުވަހު ކާމިޔާބު ޓެސްޓް ފްލައިޓެއް ރަންވޭއަށް ޖައްސާނެ." މި މަޝްރޫޢޫގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އާރްއޭސީއެލް އިން ބުނެފައި ވެއެވެ.

ހަނިމާދޫ އެއަރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެއެވެ. މިއީ އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރަށް ތަރައްގީކުރާ އެއަރޕޯޓެކެވެ.

މި މަޝްރޫޢުއަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން