ދަރިވަރުންނަށް ޚިޔާލު ފާޅުކުރުމާއި ނަފްރަތު އާލާވާ ފަދަ ވާހަކަތަކުގެ ތަފާތު އޮޅުންފިލުވާދިނުން މުހިންމު ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން މިގޮތަށް ބުނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ތައުލީމާއި ބެހޭ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން މީސް މީޑިއާގައި އާންމުކުރި ޚާއްސަ މެސެޖެއްގައެވެ.

ތަޢުލީމުގެ ހައްޤަކީ ޢާންމު ޙައްޤެއް ކަމަށާއި، ސުލްޙައާއި ތަރައްޤީ ކުރިއެރުވުމުގައި ތައުލީމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.



އެޗްއާރްސީއެމްއިން ބުނީ ނަފްރަތު އުފެދޭ ވާހަކަތަކުގެ އަސްލު ސަބަބުތައް އަންގައިދީ، އެކަމުގެ ނޭދެވޭ ނަތީޖާތައް ހުރިހާ އުމުރެއްގެ ދަރިވަރުންނަށް އަންގައިދިނުމަށް ތައުލީމުން ގިނަ ފުރުސަތުތަކެއް ލިބިގެންދާ ކަމަށެވެ. މިކަން ކުރެވޭނީ ނަފްރަތު އުފެދޭ ވާހަކަތައް ދެނެގަނެ އެކަމަށް ރައްދުދިނުމަށް ބޭނުންވާ ހުނަރުތައް ދަރިވަރުންނަށް ފޯރުކޮށްދީގެން ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

"ސިންދަފާތުކަމަށް އިޙްތިރާމްކުރުން ފަދަ އިންސާނީ ހައްގުތަކުގެ ރިވެތި އަދަބުތަކަށް އިޙްތިރާމްކޮށް އެކަން ދަމަހައްޓަން ދަސްކޮށްދިނުމުގެ އިތުރުން ޚިޔާލުފާޅުކުރުމާއި ނަފްރަތު އާލާވާ ޒާތުގެ ވާހަކަތަކުގެ ތަފާތު އޮޅުންފިލުވައިދިނުން މުހިންމު." އެޗްއާރްސީއެމުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން