ށ. އަތޮޅު މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމަސައްކަތާއި ހަވާލުވި ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ބުނީ މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 954.43 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 114.56 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއަކީ 34.61 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން