ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތައް ރަން އަކުރުން ލިޔަން ހައްގު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ސަރުކާރު ޖަވާބުދާރީކޮށް އަދި މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން ފެށިކަން އިއުލާންކޮށްފައިވަނިކޮށެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިމިޤުރާޠީ އުޞޫލުތަކާ އެއްގޮތަށް ރައްޔިތުން އިންތިޚާބު ކުރި ސަރުކާރަށް ޤައުމު ހިންގަން ފުރުޞަތެއް ދޭންޖެހޭނެ ކަމަށެވެ. އެތައް ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަމުން، ޒާތީ ބަދަލުހިފުމުން ޤައުމު ސަލާމަތްކޮށް، ޞުލްޙަވެރިކަމާއި އަމާންކަމާއެކު ބޯހިޔާވަހިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވަން ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ޒަމާނީ ތަރައްޤީގެ އާ ހަރުފަތްތަކަށް ޤައުމު ވާޞިލުކުރުމަށް ރައީސް ޑރ. މުއިއްޒު މިވީ ކުޑަ މުއްދަތުގައި ކުރެއްވި މަސައްކަތްޕުޅުތަކަކީ ރަން އަކުރުން ލިޔަން ޙައްޤު މަސައްކަތްތަކެއް،" ރައީސް އަށް ތައުރީފް ކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީކޮށް އަދި މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން ފެށިކަން އިއުލާންކޮށްފައިވަނިކޮށް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ އިސްބޭފުޅުން މިއަދު ވަނީ ސަރުކާރު ޖަވާބުދާރީކުރުވަން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނެ އަދަދާއި މަޖިލިސް މެންބަރުންގެ އަދަދު ލިމިޓުކުރަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅަން ނިންމި ކަން ހާމަކޮށްފައެވެ. އެގޮތުން އެކަން ކުރަން މަޖިލީހުގެ ދައުރުން ބޭރުގައި ހާއްސަ ޖަލްސާތަކެއް ބޭއްވުމަށް ވެސް އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން