އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ބައިވެރިއަކު ފުލުހެއްގެ ގަޔަށް ހައްޕުޑު ޖަހާފައި: ފޮޓޯ ޕޮލިސް
އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ބައިވެރިއަކު ފުލުހެއްގެ ގަޔަށް ހައްޕުޑު ޖަހާފައި: ފޮޓޯ ޕޮލިސް
މިރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބައިވެރިވި މީހަކު، މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާކަމަށާއި މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ދެފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ. ކޮމިޝަނަރ ވަނީ ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާކަން ފާހަގަކުރައްވައި މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި މިފަދަ އަމަލެއް ކުރުމުން އެކަން ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ހަޑިމުޑުދާރު އަމަލު ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާ އަށް ނުކުތުމުން ފުލުހުން ވަނީ ޕެޕަސްޕްރޭ ޖަހައި މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކޮށްފައި ވެއެވެ.

މިވަގުތަކީ ކޮވިޑް-19 އަށް ރާއްޖެއިން މީހުން ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް އެދޭ ކަމަށް ފުލުހުން މިރޭ ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން