ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށްވުރެ ހާމަކަންބޮޑު ވެރިކަމެއް ކުރި އެއްވެސް ސަރުކާރެއް ނޯންނާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެކުގައި މަސައްކަތް ފެށި ކަން އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ނޫނީ ރާއްޖޭގައި ހާމަކަންބޮޑުގޮތެއްގައި ރާއްޖޭގައި ވެރިކަން ކުރި ސަރުކާރެއް ނޯންނާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ޕްރެސް ކޮންފަރެންސްތައް ބާއްވައިގެންނާއި އެ ނޫން ގޮތްގޮތަށް ވެސް ހާމަކުރެވެން ހުރި ކަންކަން ހާމަކުރި ކަމަށާ އެހެން ނަމަވެސް ގައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ދޭދޭ ގައުމުތަކުގެ ވެރިންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކަކީ ހާމަކުރެވޭނެ ކަންކަން ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ހާމަކުރާނެ ކަމަށް ބުނި އެއްވެސް ކަމެއް ހާމަނުކުރާ ކަމަށެވެ. އެގޮތުން ސަރުކާރުން މާލީ ހިސާބުތައް ހާމަނުކުރާ ކަމަށާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރަށް ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސަރުކާރުން ހާމަކުރަން ވިދާޅުވި އެއްވެސް އެއްޗެއް ހާމައެއް ނުކުރަށްވާ، ދެން ވަރަށް މޮޅެތި ވާހަކަ ދައްކަވަނީ،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން