އާ ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުން އެޖެންޑާގައި ހިމަނައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ކުރަން ނިންމާފައިވާ ބައެއް މަސައްކަތްތައް ފުރިހަމަ ކުރުމަށް އެ ދެ ޕާޓީން 38 މަޖިލިސް މެންބަރުން ސޮއިކޮށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެނެވެ.

މިދިޔަ އަހަރުގެ ފަހު ދައުރު ނިމުމުން މަޖިލީހުގެ މެމްބަރުން މިހާރު ތިއްބެވީ ޗުއްޓީގައެވެ. އަދި މިއަހަރުގެ ފުރަތަމަ ދައުރު ފަށަން ތާވަލުކޮށްފައި އޮތީ ފެބްރުއަރީ 5 ގައެވެ.

އާދިއްތަ ދުވަހަށް އެޖެންޑާކުރި މި ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ މުހިއްމު އެއް ކަމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމެވެ.

ދެވަނަ ކަމަކަށް އޮތީ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާއަށް ގެނައި ބަދަލުތައް ދިރާސާކުރަން ކަމާ ބެހޭ ކޮމިޓީއަށް ފޮނުވުމެެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ދައުރުން ބޭރުން ބާއްވަން ހުށަހެޅި އިރު ކުރަން ހުށަހަޅާފައިވާ މުހިއްމު އެއް ކަމަކީ ރޯދަމަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނު ބަދަލުކުރުމެވެ.

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނު ބަދަލުކުރަން މެންބަރު ޝިފާއު ހުށަހެޅުއްވީ ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދަމަހުގެ 7 ވާ، މާޗް 17، އަށް ތާވަލުކޮށްފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން