އިބްރާހިމް ފަހީމް   25 ޖެނުއަރީ 2024 - 2:39
ދ. އަތޮޅުން ކިނބުލެއް ފެނިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ކޯސްޓްގާޑުން ބުނިގޮތުގައި، ދިގު މިނުގައި 9 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ ދ.އަތޮޅު ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިންނެވެ.

އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރު ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޯސްޓްގާޑުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށް ކައިރިން މޫދުން ކިނބޫ ފެނުމަކީ ދޭތެރެއަކުން ހިނގާކަމެކެވެ. އަދި އެގޮތަށް ފެންނަ ކިނބޫތައް ގެންދަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން