ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ދެއްވައިފި އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރިސޯޓުތަކުގައި މިއުޒިކާއި ތަފާތު ހުނަރު ދެއްކުމަށް ބޭރުން މީހުން ގެނައުމަށް ވިސާ ދޫކޮށްދިނުމަށް އެދި އެ މިނިސްޓްރީއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ. އެޖަމިއްޔާގެ ހުށަހެޅުމުގައި ބުނެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ޑިމާންޑާ އެއްވަރަށް ދިވެހި ފަންނާނުން ނުލިބޭ ކަމަށެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ.



އަދި ފަންނާނުންގެ ހުރި އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވި އެވެ.

"ކަމާ ގުޅުން ހުރި ބޭފުޅުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން