ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ ގާތިލުން ކަމަށް ބެލެވޭ މީހުންގެ ޝަރީއަތް ވަގުތުން ބެލޭނެ ގޮތް ހަދަން ނިންމައިފި އެވެ.

ނައީމާ މަރާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ކުރަން ތިން މީހެއްގެ މައްޗަށް އޮތީ ފޮނުވައިފަ އެވެ. އެއީ މަނަދޫއަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)ގެ މައްޗަށެވެ. އެމީހުންގެ ޝަރީއަތް މިއަދު ކްރިނިމިނަލް ކޯޓުގައި ފަށާނެ އެވެ.

ޕިޖީ އޮފީހުން ރޭ ބުނީ އެ ޝަރީއަތާބެހޭ މަޢުލޫމާތަކީ އާންމުންގެ މަޞްލަޙަތާއި ޝައުޤުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީ އެމައްސަލައިގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ އެ ޝަރީއަތާ ބެހޭ މައުލޫމާތު ޕީޖީ އޮފީހުގެ ވެބްސައިޓުގެ "އާންމު ޝައުޤު" ބައިގައި އެންމެ ފަހުގެ މައުލޫމާތުތައް އާންމު ކުރާނެ ކަމަށް ޕީޖީން ބުނެއެވެ.

ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ ހުސްވި އަހަރުގެ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން