އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލޭގައި މިރޭ ބޭއްވި މުޒާހަރާގައި ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާ މެންބަރު މުޙައްމަދު ސަޢީދަށް ޕެޕަސުޕްރޭގެ އަސަރުކޮށްގެން އޭޑިކޭގައި ފަރުވާ ދޭން ފަށައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިރޭ އޮތް މުޒާހަރާގައި ސަޢީދަށް އަނިޔާވީ ފުލުހުން މުޒާހަރާ ކޮންޓުރޯލުކުރުމަށް ބާރުގެ ބޭނުންކުރުމުގެ ތެރެއިން ކަމަށެވެ. ސައީދަށް އަނިޔާލިބިވަޑައިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު މިރޭގެ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ކައުންސިލު މެންބަރު އަޙްމަދު ނަރީޝް އާއި އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން ބޭއްވި މުޒާހަރާ ފުރަތަމަ ފެށީ މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ކަންމަތީގައެވެ. އެސަރަހައްދުގައި މުޒާހަރާ ކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކަށް ނުކުމެ ހިނގަމުން ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ސަރުކާރުގެ ވެރިންގެ އިސްތިއުފާ އަށް ގޮވާލައި ބޭއްވި މުޒާހަރާގެ ބައިވެރިން މަޖީދީ މަގާއި ސޯސަން މަގު ކަންމައްޗަށް ވެސް އެއްވެފައިވެއެވެ.
އެތަނުގައި ތިބި މީހުން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފައެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުން ޕެޕަ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސައީދަށާއި ބައެއް އާންމުންނަށް ވެސް އަނިޔާ ލިބިފައިވެއެވެ. އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި މުޒާހަރާ ނިއްމާލައިފައިވަނީ މާދަމާރޭ ވެސް މުޒާހަރާ ބާއްވާނެ ކަން އިއުލާން ކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު