އަހުޒަމް އަޙްމަދު   25 ޖެނުއަރީ 2024 - 14:13
ކާމިލް ދީދީ ސްކޫލުގެ ފާރެއް ވެއްޓިފައި
ކާމިލް ދީދީ ސްކޫލުގެ ފާރެއް ވެއްޓިފައި
"ޓިނު ސްކޫލު" ގެ ގޮތުގައި މަޝްހޫރުވި ކާމިލު ދީދީ ޕްރައިމަރީ ސްކޫލު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ނިމިދިޔަ ސަރުކާރުން ހެދި އެ ސްކޫލު ހުޅުވީ 2022 ވަނަ ވަނަ އަހަރު އެވެ. ނަމަވެސް 23 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްގެން ހެދި އެސްކޫލަކީ ފެންވަރު ދަށް ސްކޫލެއް ކަަަމަށާއި އަދި އެތަން ބޮޑަށް ވައްތަރީ ކޮންސްޓްރަކްޝަން ސައިޓެއްގެ އެކޮމޮޑޭޝަން ބްލޮކަކާ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުން ނެވެ. އެ ފާޑުކިއުންތަކާއެކު ގިނަ ބަޔަކު ކާމިލް ދީދީ ޕްރީ ސްކޫލް ސިފަ ކުރީ "ޓިނު" ސްކޫލެއްެގެ ގޮތުގަ އެވެ.

ދާއިމީ ސްކޫލެއްގެ ގޮތުގައި ހެދި އެ ސްކޫލު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ އިރު އެކަމަށް ބީލަށް ހުށަހަޅަން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ކާމިލް ދީދީ ސްކޫލުގެ މަރާމާތާ ގުޅޭ ތަފްސީލެއް އެޑިއުކޭޝަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން އެ ސްކޫލުގެ ފާރެއް ވެއްޓިފައި އޮތް ތަން ފެނެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މި އަހަރު ކުރީކޮޅު ވިދާޅުވީ ސްކޫލުތަކުގެ މަރާމާތަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް މިޙާރު ކަނޑައަޅާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން