ދިވެހި މުދައްރިސެއް ހޯދަން ނުވަ ފަހަރު އިއުލާންކޮށްގެން ވެސް ނުލިބުނު ކަމަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލުން ބުނެފި އެވެ.

ނޫރާނީ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ހަފްސާ "ރަސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލުގައި ދިވެހި ކިޔަވައިދިން ޓީޗަރުން ރިޓަޔާކޮށްފައިވާ ކަމަށާއި އެހެންވެ ޓީޗަރުން ލިބުމުގައި މިހާރު ދަތިވެފައިވާ ކަމަށެވެ.

ހަފްސާ ވިދާޅުވީ ނުވަ ފަހަރު އިއުލާންކޮށްގެން ވެސް ދިވެހި ޓީޗަރަކު ނުލިބުމުން މިހާރު އެ ސްކޫލުގައި ކިޔަވައިދެނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގެ އިރުޝާދިއްޔާ ސްކޫލުން ވަގުތީ ގޮތުން ޓީޗަރަކު ގެނެސްގެން ކަމަށެވެ.

"އަނެއްކާ އެ ޓީޗަރު މި އަންނަނީ އެހެން ރަށަކުން މި ރަށަށް ވަގުތީ ގޮތުން. އެ ޓީޗަރަށް ނުދެވޭނެ ދިގު މުއްދަތަކަށް ކޮމިޓްމަންޓެއް ވެސް ދެއްތޯ. އަނެއްކާ ދިވެހި މާއްދާ ކިޔަވައިދެންޏާ އެބަ ޖެހޭ ގިނަ ގްރޭޑްތަކަކަށް ވެސް އެއް ޓީޗަރަކު ކިޔަވައިދޭން. މިއީވެސް

ޓީޗަރަކަށް ވަރަށް ބޮޑު ބުރައަކަށްވޭ." ހަފްސާ ވިދާޅުވި އެވެ.

ހަފްސާ ވިދާޅުވީ ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ގައުމީ ފެންވަރުގައި ދިވެހި ޓީޗަރުން ތަމްރީން ކުރަން އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

ކުރިން އަރަބި މީޑިއަމްއަށް ކިޔަވައިދިން ނޫރާނީ ސްކޫލުގައި މި ވަގުތު 260 ކުދިން ކިޔަވައެވެ. އެ ސްކޫލު އިނގިރޭސި މީީޑިއަމްއަށް ބަދަލުކުރީ 2020 ވަނަ އަހަރު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން