މިއަދަށް ތާވަލުކުރި ނައީމާ މޫސާގެ މަރުގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުން ކެންސަލްކޮށްފި އެވެ.

ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވައެވެ.

އެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ފޮނުވައިފަ އެވެ. އެއީ މަނަދޫއަށް ނިސްބަތްވާ އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)ގެ މައްޗަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހުން މިއަދު ހާޒިރު ނުކުރެވުނީ އެ މީހުން މާފުށީ ޖަލުން މާލެ ގެންދިޔަ ލޯންޗަށް މައްސަލައެއް ދިމާވެގެން ކަމަށެވެ. އެހެންވެ ކްރިމިނިލަ ކޯޓުން މިއަދު ވަނީ އެ އަޑުއެހުންތައް ކެންސަލްކޮށްފަ އެވެ.

ނައީމާގެ މަރުގެ ޝަރީއަތުގެ މައުލޫމާތުތައް ވަގުތުން ބެލޭނެ ގޮތް ހަދަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން