20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓާ ގުޅިގެން މާލޭގެ 2 ސަރަޙައްދެއްގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާންކޮށްފިއެވެ.

މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީސް އިންތިޚާބުގެ ވޯޓާ ގުޅިގެން މާލޭގެ 2 ސަރަޙައްދެއްގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒު ތައްޔާރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޝަރުޠުފުރިހަމަވާނަމަ އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު އީސީން ވަނީ ހުޅުވާލާފައެވެ.

ބީލަން ހުޅުވުން އޮންނާނީ 4 ފެބުރުވަރީ ވާ އާދީއްތަ ދުވަހުގެ 13:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.

އީސީން އިންތިޚާބު ބާއްވާ ދުވަހެއްގެ ގޮތުގައި 17 މާޗް ކަނޑައަޅާފައިވީނަމަވެސް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މިހާރު ވަނީ މި ތާރީޚު ބަދަލުކުރުމަށް އެދިފައެވެ. އެހެން ނަމަވެސް، ތާރީޚު ބަދަލުކުރެވެން އޮތީ ޤާނޫނަށް ބަދަލުގެނެސްގެންނެވެ. އެހެންކަމުން، އެމްޑީޕީން ވަނީ އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން