އަހުޒަމް އަޙްމަދު   25 ޖެނުއަރީ 2024 - 16:33
ގެއްލިގެން ހޯދާ އަންހެން މީހާ
ގެއްލިގެން ހޯދާ އަންހެން މީހާ
ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ރަސްމީ އެކައުންޓުން މިއަދު ކުރި އެކްސްއްގައި ބުނީ ވ. ލަކީސްޕޮޓްގައި ދިރިއުޅޭ މަރްޔަމް ރާމިޒާ (36އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ 20:37 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަަމށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 21:00 އެހަކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

"މަރްޔަމް ރާމިޒާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން." ފުލުހުން ކުރި އެކްސްގައި ބުނެފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން