މި ސަރުކާރުގެ ވަޒީރުންނާ އާންމު ރައްޔިތުން ބޭނުންވާ ސުވާލު ކުރުމަށް ބާއްވާ "އަހާ" ޕަބްލިކް ފޯރަމްގެ ފުރަތަމަ ޕާރޮގްރާމް މިރޭ 08:30 ގައި ބާއްވަން ސަރުކާރުުން ނިންމައިފިއެވެ.

ސަލްޓަން ޕާކްގައި ކުރިއަށްގެންދާ މި ފޯރަމް ވަގުތުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމުންނެވެ.



މިއީ މި ސަރުކާރުގެ ވަޒީރުން ޢާންމުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވައި ސަރުކާރުގެ ކަންކަން ހާމަ ކުރުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން ސީދާ އެތަނަށް ވަޑައިގެން ސުވާލު ކުރުމުގެ އިތުރުން އެސްއެމްއެސް ކޮށްގެން،ނާއި މީސް މީޑިއާ މެދުވެރިކޮށް އަދި ފޯނުން ގުޅައިގެން ކުރާ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވާނެއެވެ.

މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ އޭ އެޗް ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

މިރޭގެ ޕްރޮގްރާމްގައި ބައިވެެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް، ކޮންސްޓްރަކްޝަން މިނިސްޓަރ ޢަބްދުﷲ މުއްތަލިބު އަދި ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިއު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން މިފަދަ ފޯރަމެއް ބާއްވަން ކަނޑައަޅާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މިފަދަ ފޯރަމްތައް ކޮންމެ ތިން މަހުން އެއް މަހު ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދާދިފަހުން އިންތިޚާބުވި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން