ސާޅިސް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ވެސް ކަނޑު އަޑީގެ ޓަނަލެއް އެޅޭނެ ޓެކްނޮލެޖީ ދުނިޔޭގައި ފެންނާކަށް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެކުގައި މަސައްކަތް ފެށި ކަން އިއުލާންކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ކަނޑު އަޑީގެ ޓަނަލަކުން ރަސްމާލެ އާއި މާލެ އާއި ގުޅާލާނެ ކަމަށް ބުނެ ސަރުކާރުން ވަރަށް މޮޅެތި ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އަދި އެފަދަ ބޮޑު ޕްރޮޖެކްޓެއް އިއުލާންކުރިއިރު އެކަމަކީ ފީސިބަލް ކަމެއްތޯ އާއި އެ ޕްރޮޖެކްޓް ހިންގަން ފައިސާ ހޯދާނެ ގޮތް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެ ވިދާޅުވާ އެ ކަނޑު އަޑީގެ ޓަނަލް، އަޅުގަނޑަށް ނޭނގޭ އަގެއް ދަންނަވާކަށް އަޅުގަނޑަށް ޔަގީން 30-40 ބިލިއަން ޑޮލަރުގެ މިކޮޅަކުން އެ ވިދާޅުވާ ކަހަލަ ޓަނަލެއް ހެދޭނެ ޓެކްނޮލެޖީ އެއް އަދިއެއް ދުނިޔޭގައި ފެންނާކަށް ނެތް، ޚިޔާލީ ރަނގަޅު ވާހަކަ އެއް ވަރަށް ރަނގަޅު ގުޅާލެވިއްޖެއްޔާ. އެކަަމަކު ދިވެހިރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު، އަދި އިންޖިނިއަރަކަށް ވީ ހިނދު އެކަހަލަ ވާހަކައެއް ވިދާޅުވާއިރު ކޮންމެވެސް ވަރަކަަދް އެއީ ފީސިބަލް ކަމެއްތޯ ނޫންތޯ އެނގިވަޑައިގަންނަވަންވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއް ވެސް ކަނޑު އަޑީގެ ޓަނަލް ތަކުން ރޭލްވޭ ލޭންޑަކުން ގުޅާލަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރެވޭނެ ކަމަށާއި އެކަމުގެ ޓެކްނޮލެޖީ މިހާރު ދުނިޔޭގައި އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްނޮލެޖީ ހުރި ނަމަވެސް އެކަމަކީ "ފީސިބަލް" ކަމެއް ނޫން ކަމަށެވެ.

"އެކަމަކު އެ ފީސިބަލް ކަމެއް ނޫން، އައްޑު އަތޮޅު ހުޅުދޫ އާއި ހިތަދޫ އާއި ދޭތެރޭގައި 2 ބިލިއަން ޑޮލަރު މަދުވެގެންދޭ އެވިދާޅުވާ ބްރިޖް އަޅަން، 2 ބިލިއަން ޑޮލަރުން އަޅަނީ ދުވާލަކު 30 މީހުން ސައިކަލުގައި ދެކޮޅަށް ދުއްވާލަންތޯ، ނޫނީ އެ ލާރި އައްޑޫ ހުރިހާ ރައްޔިތުންނަށް ދޭންވީނޫންތޯ؟ އެހެންވީމާ ތާކުން ތާކު ނުޖެހޭ މިކަހަލަ ވާހަކަތަކެއް ދައްކަވަނީ އަޅުގަނޑުމެންނަށް ފަހަރުގައި ނޭގިދާނެ އެއަށް ވުރެ މޮޅު ސޮލިއުޝަން އެއް އޮތީކަމަށް ވެދާނެ،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވާނީ ދުނިޔޭގައި އަޅާ އެބާވަތުގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ.

"އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން