ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު ޖެހީ، މުޒާހަރާގެ ބައިވެރިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންގެ ގަޔަށް ކުޅު ޖަހާފައިވާ ކަމަށް ވިދާޅުވެ، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ޕީޕިއެމްގެ ނާއިބް ރައީސް ޝިޔާމް ވިދާޅުވީ، މި ހަޑިމުޑުދާރު ޢަމަލަކީ އެހެން ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ފުލުހުންނަށް ވެސް އެނގިގެން ކަމަށާއި، އިހުތިޖާޖް ފެށުމުގެ ކުރިން މިފަދަ ޢަމަލެއް ހިންގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބިވަޑައިގެންނެވި ކަމަށް މެމްބަރު ޝިޔާމް ތުހުމަތުކުރެއްވިއެވެ.

"އިހުތިޖާޖު ފެށުމުގެ ކުރިން 20:22 ގައި ފުލުސް އޮފިސަރަކު އަޅުގަނޑު ޗާންދަނީ މަގު ދުވާރު މަތީ ހުއްޓާ ވަޑައިގެން ވިދާޅުވީ، ސަރ މެން މިރޭ ނިންމާފަ އޮތީ ކުޅު ތަޅަން ކަމަށް މަޢުލޫމާތު ލިބެއޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަކީ ދިވެހި ފުލުހުންނަށް ވަރަށް އިހްތިރާމްކުރާ ބައެކޭ. އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިއްވަރު ދޭނެ ބައެއްވެސް ނޫނޭ ޔަޤީންކުރައްވާށޭ." ޝިޔާމް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިއީ ބަޔަކު ރާވައިގެން ހިންގި ކަމެއްކަން މިކަމުން ދޭހަވާ ކަމަށެވެ. އަދި އެއީ ފުލުހުންނަށްވެސް ކުރިން މަޢުލޫމާތު ލިބިފައި އޮތް ކަމެއްކަން ޔަޤީންކުރެވޭ ކަމަށް ޝިޔާމު ވިދާޅުވިއެވެ. އެހެންކަމުން މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

" ސީޕީ ހަމީދު ސިޔާސީ ސްޓަންޓް ނުޖައްސަވާ، ތީތި ނުހިގާނެ މާލެ ވަށާ ހުންނާނެ ސީސީޓީވީ، ތިއީ އިންސާނުން މަޖަލަކަށްވެސް ކުރާވަރުގެ ކަމެއް ނޫން." ޝިޔާމް ވިދާޅުވިއެވެ.

މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު ޖެހި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ވިދާޅުވުމަކީ ސިޔާސީ ސްޓަންޓެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ސީޕީ ހަމީދު ފޮޓޯއާއެކު އެވާހަކަ ޓްވީޓް ކުރެއްވުމުން ސިޔާސީ ބައެއް ފަރާތްތަކުން ގެންދަވަނީ އެކަން ކުށްވެރިކޮށް އެ ޢަމަލު ހިންގި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


9

އައިޝާ

01-Aug-2020

މިިސިޔާމުގެދުލުންތެދެއްނަހަދާނެ


15

ހަސަނު

30-Jul-2020

ނޭފަރު ކުއްޖަކު ސޭ ބޮއިގެން ބުނީމާ ޞިދްޤު. ޕޮލިހަކު ބުނީމާ ބުހުތާން ދޮގު. ޝިޔާމޫ ތިޔަށޭ ސިޔާސީ ސްޓަންޓް ކިޔަނީ. ދަސްކުރޭ!!!


8

ކޮޅު ދޮރާށި

30-Jul-2020

ނޫނޭ ނޫނޭ ވާރީތި މިފަދަ ނުރައްކާތެރި ދަނޑި ވަޅެެއްގައި މާލޭގައި ކުރާން އެންމެ ރަނގަޅީ ހަމަ މުޒާހަރާ ތީހަމަ ނަމޫނާއެއް



ޓްރެންޑިން