ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ މަތިބަރު ސަރުކާރެއް ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބުދު ﷲ މިއަދު ވިދާޅުވެއްޖެއެެވެ.

ޕީޕިއެމް-ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމު ތަކުގެ އަދަދު 500 އަށް ވެސް ނާރާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކޮށް ވައުދު ފުއްދުމަށް ކުރިއަށް އޮތްތާގައި އިތުރު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިނަމަ އެބޭފުޅެއްގެ ޒިންމާ އަދާކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެބޭފުޅަކު ދެމި ހުންނަވާނެ ކަމަށެވެ.

ރައީސްގެ ހާއްސަ މުޝީރު އަބުދުއްރަޙީމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަންކަމަށާއި އެގޮތުން ރަސްމާލެ މަޝްރޫއާ އިތުރު ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަހުރި ކަމަށެެވެ. އަދި އެމަސައްކަތް ކުރެވޭނީ އެކަމަށް ގާބިލް ޓީމެއް އޮވެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްގެން ވަކި ބަޔަކަށް ބަރޯސާވުމެއް ނެތި ސަރުކާރަށް އާމްދަނީ އިތުރުކޮށްގެން މީހުންނަށް މުސާރަ ދީގެން ރައްޔިތުންނަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދެމުން، އަދިވެސް އިތުރު މަގާމުތަކަަށް މީހުން އައްޔަންކުރަމުންދާނަން. އެއީ ވަރަށް ބައިވަރު ކަންތައް ކުރަން ވެރިކަމަށް އައީ، ރަސްމާލެ ކަހަލަ އެތައް ޕްރޮޖެކްޓް ތަކެއް އެބަހުރި. އެކަންކަން ކުރެވޭނީ އެކަމަށް އެކަށޭނަ ގާބިލް ޓީމެއް އޮވެގެން، އެހެންވީމާ މީހުން އައްޔަން ކުރުން އަދިވެސް ކުރިއަށްދާނެ،" އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރު މަތި ބަރު ނޫން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއިރު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފެދުނު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިހާތަނަށް 91 ސްޓޭޓު މިނިސްޓަރުންނާއި 163 ޑެޕިއުޓީ މިނިސްޓަރުން ވަނީ އައްޔަން ކުރައްވާފައެވެ.

ރައީސް އެކުލަވައިލެއްވި 22 ވުޒާރާ ހިމެނޭ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކެބިނެޓު މިނިސްޓަރުންގެ އިތުރުން ވެސް 20 ބޭފުޅުން މިނިސްޓަރުންގެ ފެންވަރުގައި ސަރުކާރުން ވަނީ އައްޔަންކުރަށްވާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރާނެ ކަަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން