ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ؛ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑީޖީއަށް ވަނީ ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައި
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ؛ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑީޖީއަށް ވަނީ ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައި
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާދަމާ ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމުގެ އިންޒާރު އެ އެޖެންސީ މިރޭ ދީފިއެވެ.

އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ހިދުމަތްދޭ ތަންތަނުގައި ކަންކަން އިންތިޒާމް ކޮށްފައިވޭތޯ ޔަގީން ކުރަން ހާއްސަ އިންސްޕެކްޝަނެއް ބާއްވާފައެވެ. އެ އިންސްޕެކްޝަންގައި އުސޫލުތަކާއި އެއްގޮތަށް ހިދުމަތް ދެމުން ނުދާ ތަންތަނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ނަމަވެސް އެކަންކަން ރަނގަޅު ކުރަން އަންގާ ނަސޭހަތް ވަނީ ދީފައެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މާދަމާ ކުރިޔަށްގެން ދާ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށެވެ. އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ އެވެ. ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެޗްޕީއޭ ޓީމުތައް ދާގޮތަށް ވަނީ ހަމަޖެހިފައެވެ. ވަކި ޝަރުތު ތަކާއެކު ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން