1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް އުތީމު މަހާރަދުން ބެންނެވި ކަޅުއޮށްފުންމީގެ ނަކަލެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އޮޑި މާލެ ގެނައުމާއި ދެކޮޅުކަމަށް، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައި ވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށް، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2015 ވަނަ އަހަރު ގައެވެ.

ދިގު މިނުގައި 51 ފޫޓް ހުންނަ މި ނަކަލު ބަނދެ ނިމި މޫދަށް ބާލާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެންބަރު 2 ގައެވެ. މިނިވަން 50 ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލައިފައެވެ. އެހެންކަމުން އެ އޮޑި މާލެ ގެނެސް އާސާރީ ރަމްޒެއްގެ ގޮތުގައި ބޭއްވުމަށް ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

މި އޮޑި މާލެ ގެނައުމަށް ނިންމުމާއި ގުޅިގެން ތޯރިގު މިއަދު ވިދާޅުވީ، 5 އަހަރު ސަރުކާރުގަ ތިބެ ކުރި ރަނގަޅު ކަންތައްތަކެއް ހުންނާނެ ކަމަށާއި ކުރަން ބޭނުންވެ ނުކުރެވިހުރި އެއަށްވުރެ ގިނަ ކަންތައް ވެސް ހުންނާނެކަމަށެވެ. އަދި ކުރަން ފަށާފަހުރި ކަންތަކާއި، ޕުލޭން ކޮށް، ނުފެށި ހުރި ކަންތައްވެސް ހުންނާނެ ކަމަށް ޠާރިގު ވިދާޅުވިިއެވެ. ނަމަވެސް، ކަޅުއޮށްފުންމީގެ ނަކަލު ހުންނަންވާނީ ބާރަށުގައި ކަމަށާއި މާލޭގައި އެ ނަކަކު ބެހެއްޓުމާ ދެކޮޅުކަމަށް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު މިހެން ވިދާޅުވެފައިވާއިރު، ތާރީހު ދިރާސާކުރާ އެކި ފަރާތްތަކުން ވެސް ދަނީ އެ އޮޑި މާލެ ގެނައުމުގެ މާބޮޑު މުހިންމުކަމެއް ނެތްކަމަށާއި އެ އޮޑި އޮތުން އެންމެ އައުލާކަން ބޮޑީ ހއ. ބާރަށުގައި ކަމަށް ބުނަމުންނެވެ.

އުތީމު މަހާރަދުން ކަޅުއޮށްފުންމި ބެންނެވީ ބާރަށުގައެވެ. ބާރަށު އުތުރު އަވަށަށް ހިމެނޭ ސަރަހައްދުގައި މިހާރުވެސް ކަޅުއޮށްފުންމި ބަތްމަގޭ ކިޔާ މަގެއް އޮވެއެވެ. މިމަގު އޮންނަނީ މެދަށް ކުޑަކޮށް އަޑިކޮށެވެ. މިއަޑިކަން ކުރީން (މިހާރަށްވުރެ) މާ ބޮޑުކަމަށް ވެއެވެ.

މަގުގެ ދެފަރާތުގައި ހެދިފައިވާ ބައެއްގަސް ގަހަކީ އެދުވަސްވަރު ކަޅުއޮށްފުންމި ބަންނާން ހަރުގެ އެޅުމަށް ޖެހި މުޑިތައް ނުވަތަ އެމުޑިތަކުން އުފަންވިގަސްގަސް ކަމަށް ވެސް ބުނެއުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން