ޖަގަހަ ޖަލްސާތަށް ބާއްވައިގެން ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލަން އެމްޑީޕީއަަށް ފުރުސަތު ނުދެއްވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ/ ޕީޕީއެމުން ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ ސަރުކާރު އޮތް ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ވެރިކަމުގައި މިއަދު ތިބި ބޭފުޅުންނަށް ކަމަށެވެ. އިދިކޮޅު އެމްޑީޕީ އިން ޖަގަހަ ޖަލްސާތައް ބާއްވައިގެން ހަގީގަތާއި ހިލާފު ވާހަކަ ދައްކައިގެން ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލަން ފުރުސަތު ނުދެއްވާނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ސަރުކާރު ނިމި މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުރީގެ ސަރުކާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި ރައްޔިތުންނަށް ކަމުގެ ހަގީގަތް އެނގޭނީ އޭރުން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ވެރިކަމުގައި ކޮށްފައިވާ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރާނީ ހެއްކާއިއެކު ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަތްމަތީގައި އެބަހުރި އެބޭފުޅުން ކޮށްފައި ހުރި ކަންތައްތައް ފެންނަން، ކުންފުނިތަށް ހިންގާފައި އޮތްގޮތް އެބަހުރި އެނގެން، މިނިސްޓްރީ ތަކުން ކޮށްފައި ހުރިކަންކަން އެބަހުރި ފެންނަން. އެއްގޮތަކަށް ވެސް ހީފުޅު ކުރައްވައިގެން ނުވާނެ ޖަގަހަ ޖަލްސާތައް ބާއްވައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލެވިދާނެ ކަމަށް، އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން." ރައީސްގެ އިސް މުޝީރު އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްޔިތުން އެހާ ފަސޭހައިން ހެއްލިގެން ނުދާނެ ކަމަށެވެ. ރައީސް މުޢިއްޒުގެ ސަރުކާރާއެކު ތިއްބެވީ ވަރަށް ގާބިލް ޓީމެއް ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން