އިސްލާމިކް މިނިސްޓްރީގައި އޮތް ހުރިހާ ދަރަންޏެއް ދައްކާ ޚަލާސްކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުމަށް ބޭއްވި ވަޒީރުންގެ ފުރަަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަ ދައްކަވަމުންނެެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި 27 މިލިޔަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އެހެން ނަމަވެސް ވެރިކަމުގެ ފުރަތަމަ 2 ހަފްތާގެ ތެރޭގައި ދަރަނިދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، 27 މިލިޔަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާދެއްކުމާއެކު ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތައް ހުރީ ވީރާނާވާން ކައިރިވެފައިކަމަށެވެ. އެހެން ނަމަވެސް މިވީ ކުރު މުއްދަތުގެ ތެރޭގައި އެތަންތަނުގައި އިލްމީ މަސައްކަތްތަކެއް ކުރެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު 700 އެއްހާ މިސްކިތް ހުރިކަމަށާއި މި ސަރުކާރުން މިސްކިތްތަކުގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން ރައީސްގެ އިސްނެންގެވުމާއެކު މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހެއް އުފައްދަވާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން