"އަހާ" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގެ ތެރެއިން. (ފޮޓޯ: ޕީއެންސީ)
"އަހާ" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގެ ތެރެއިން. (ފޮޓޯ: ޕީއެންސީ)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާގެ ދަރަނި އޮތީ 160 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޮޑުބައެއް މި ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާކަމަށް ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާ މިހާރު ރައީސް އޮފީހުން ފަށާފައިވާ "އަހާ" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި މިރޭ ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެ ވުޒާރާއާ 232 މަޝްރޫއެއް ހަވާލުކޮށްފައި އޮތްކަމަށެވެ.

އަދި އެ މަޝްރޫޢުތަކުގެ އަގު 600 މިލިއަން ރުފިޔާއަށް އަރާކަމަށާއި، އެއީ މިނިސްޓްރީގެ 2 އަހަރެއްހާ ދުވަހުގެ ބަޖެޓްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެއާއިއެކު ގިނަ މަޝްރޫޢުތަކެއް އެ ވުޒާރާއާ ހަވާލުކޮށްފައި އޮތްއިރު، ވުޒާރާގެ ދަރަނި 160 މިލިއަން ރުފިޔާއަށް އަރާފައި އޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިވީ 2 މަސްދުވަހުގެ ތެރޭގައި 160 މިލިއަން ރުފިޔާގެ ތެރެއިން 125 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކާ ހަލާސްކޮށްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު 131 މަޝްރޫއެއް ފައްޓާފައިވާ ކަމަށާއި އޭގެ އިތުރުން، ކުޅިވަރުތައް ކުރިއެރުވުމަށް ދިގު ރާސްތާގެ ޕްލޭނެއް ހަދަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން