އަހުޒަމް އަޙްމަދު   26 ޖެނުއަރީ 2024 - 15:19
ރުޅިމަޑުކުރުމަކީ ސުވަރުގެ ވައްދަވާނެ އަމަލެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށެވެ. އެހެންވެ ކޯފާ އިސް ނުކުރަން ކީރިތި ރަސޫލާ ސަހާބީންނަށް ވެސް ވަސިއްޔަތްކޮށްފައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރުޅިމަޑުކަމަކީ ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބި ފުޅުވާ ސިފައެއް ކަންވެސް މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ކީރިތި ރަސޫލާ ލޯބިފުޅުވާ ދެ ސިފަފުޅުގެ ތެރޭގައި ހިލްމުވެރިކަމާއި ކެތްތެރިކަން ހިމެނޭކަމަށް ހުތުބާގައި ބުނެފައި ވެެއެވެ.

ހުތުބާގައި ބުނީ އިސްލާމީ އުއްމަތުގެ މާޒީން ގެނުވީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެއް ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ރުޅިމަޑުކަމުގެ ރީތި ނަމޫނާ ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ބަދަލު ހިފުމުގެ ރޫހު ކަމަށެވެ.

ކީރިތި ރަސޫލާގެ ހަދީސްއަކަަށް ރިއާޔަތްކޮށް ހުތުބާގައި ބުނީ ރުޅިމަޑުކުރުމަކީ ސުވަރުގެ ވައްދަވާނެ އަމަލެއް ކަމަށެވެ.

"ރުޅިމަޑުކުރުން މިހާ މުހިންމު ކަމަކަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ." ހުތުބާގައި ބުނެފައި ވެއވެެ.

ހުތުބާގައި އިތުރަށް ބުނީ ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅި އަރުވައިގެން އޭނާ ލައްވައި ކުށް ފާފަތައް ކުރުވުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން