އެންސްޕާގެ ސީއީއޯ ހީނާ ވަލީދު--
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު--
މި އަަހަރުގެ މިހާތަނަށް ބޭސް ފަރުވާ ކުރަން ބޭރަށް ދިއުމަށް 1900 އަށްވުރެ ގިނަ ޓިކެޓް ދީފައިވާ ކަމަށާއި އޭގެތެރެއިން 97 އިންސައްތަ އަކީ އިންޑިއާއިން ބޭސްފަރުވާ ކުރާ މީހުން ކަމަށް ނެޝެނަލް ސޯޝަލް ޕްރޮެޓެކްޝަން އޭޖޭންސީން ބުނެފި އެވެ.

ނެޝެނަލް ސޯޝަލް ޕްރޮެޓެކްޝަން އޭޖޭންސީ(އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު މިފަދައިން ވިދާޅުވެފައި މިވަނީ ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ މީހުންނަށް އާސަންދައާއި އެންސްޕާއިން ދަތި ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑުފަތުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. ހީނާ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ އާއި އާސަންދައިން ކަމަށެވެ.

އަދި އެފަދަ ކޭސްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް އިޝޫކޮށްދީފައިވާ ކަމަށެވެ.

"އޭގެ 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް އިޝޫ ކޮށްފައިވާ ޓިކެެޓް." ހީނާ ވިދާޅުވި އެެވެ.

އާންމުކޮށް ދިވެހީން ބޭސްފަރުވާއަށް ދަނީ އިންޑިއާއަށެވެ.

ނަމަވެސް ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތް މިހާރުމިވަނީ ފެށިފައި ކަމަށާއި ބޭސްފަރުވާއަށް ވަކި ޤައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ތައިލޭންޑު ފަދަ ގައުމުތަކުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން