މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު އަނިޔާވެގެން ފަރުވާ ހޯއްދަވަނީ
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު އަނިޔާވެގެން ފަރުވާ ހޯއްދަވަނީ
އިދިކޮޅުން ރޭ މާލޭގައި ބޭއްވި އިޙްތިޖާޖާ ދެކޮޅަށް ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖެހުމަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުމަށް ފުލުހުން އެޅި ހުރަހެއްކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެއެވެ.

ރޭދަންވަރު އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެރޭ މާލޭގައި ދިވެހި ރައްޔިތުންގެަ ބަޔަކު އިސްވެ ތިބެ ކުރިއަށް ގެންދިޔަ ސުލްޙަވެރި އިޙުތިޖާޖުގައި، ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ސުލްޙަވެރިކަމާއެކު ބޭނުންކޮށް ޝުޢޫރު ފާޅުކުރަމުން ގެންދަނިކޮށް، އެއްވެސް އިންޒާރެއް ދިނުމެއް ނެތި، ފުލުހުން ވަނީ ޙާލަތާއި ނުބައްދަލުގެ ބާރު ބޭނުންކޮށްފަ. އަދި ބައިވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި، އަނިޔާވެރިކޮށް އިޙުތިޖާޖުގެ ބައިވެރިން ޙައްޔަރުކޮށްފައިވާކަންވެސް ފާހަގަ ކުރެވޭ." އިދިކޮޅުން ނެރުނު ބަޔާނުގައިވެއެވެ.

މިއިޙްތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގައި ސުލްޙަވެރިކަމާއެކު އިޙުތިޖާޖުގައި ބައިވެރިވި ގިނަ ރައްޔިތުންނަތަކަކަށް އަނިޔާވެފައިވާތީއާއި، އިދިކޮޅު މިކޯލިޝަނަށް ނިސްބަތްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނާއިބުރައީސް، މާވަށު ދާއިރާގެ މެންބަރަށް ވަރަށް ބޮޑަށް އަނިޔާވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި އެޕާޓީގެ ކައުންސިލް މެމްބަރުންނާއި، ބައެއް އާންމުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

މި މުޒާހަރާގައި ފުލުހުން އިންތިހާއަށް ބާރުގެ ބޭނުންކޮށް ހިންގާފައިވާ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމަށް ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ ޙައްޤަށް ހުރަސް ނޭޅުމަށް އިދިކޮޅުންވަނީ ސަރުކާރަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން