ސަރުކާރާ ގުޅުން ގޯސްވި ސަބަބު ހާމަނުކުރެވިގެން މި އުޅެނީ ޖަލު ހުކުމެއްގައި ހުންނެވުމާއެކު އަދި މީޑިއާތަކާ ވާހަކަ ދެއްކެވުމުގެ ހުއްދަ ނެތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔުާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ ވެރިކަމުގައި ޕީއެންއެފްއާ "ނުގުޅުންތަކެއް" އެބަހުރި ކަމަށާއި އެކަން މިހާރު އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ހަގީގީ މައުލޫމޫތުތައް އަދި ނުދެއްވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެން ނަމަވެސް އޭގެ ތަފްސީލިތަކެއް އަޅުގަނޑުމެންނަށް ނުދެވިގެން މި އުޅެނީ ހަގީގަތުގައި ވެސް މީޑިއާގައި ޥާހަކަ ދެއްކުމުގެ ހުއްދަ އަޅުގަނޑަށް ނޯންނާތީއާއެކު. އެއީ އަޅުގަނޑެއް ބޭނުމެއް ނުވޭ އެޮތަކަސް އޭގެ ތަފްސީލުތަކަށް ދާކަށް. އެހެން ނަމަވެސް

ކޮންމެވެސް ވަރަކަށް ތިލަވެގެންދާނެ ރައްޔިތުންނަށް." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލާން ތިބި މީހުންނަކީ ވެސް ހަމަރައީސް ޔާމީން ދެކެ ލޯބިވާ މީހުން ކަމަށެވެ. ހަމަ އެފަދައިން އެމަނިކުފާނުވެސް އެ ބޭފުޅުން ދެކެ ލޯބިފުޅުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ލުއި ތަކަކާއެކު ގޭބަންދުގަ އެވެ.

އެމަނިކުފާނު ގޭބަންދަށް ދޫކޮށްލެއްވީ ރައީސް ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއްހާ ދުވަސް ތެރޭ ރައީސް ޔާމީނާ ގުޅުން ގޯސްވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން