އިންޑިއާއާ ރާއްޖޭގެ ގުޅުމަކީ ތާ އަބަދުގެ ގުޅުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ރައީސް ނަޝީދު މިއަދު ކުރެއްވި އެކްސްއެއްގައި ވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަލި އަޅުވާލައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ ތާ އަބަދުގެ ގުޅުމެއް ކަމަށާއި އަދި އިންޑިއާއާއި އެގައުމުގެ ރައްޔިތުންނާއި އަދި އިންޑިއާގެ ސިފައިން ރާއްޖެއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.

އިންޑިއާގެ ޖުމްހޫރިއްޔަަތަށް 75 އަހަރުފުރޭ މި މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ އެގައުމަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން