ހއ. ތަކަންދޫ ކައުންސިލްގެ ހުސްވެފައިވާ އަންހެނުންގެ ކޮމިޓީ ކައުންސިލް މެމްބަރުގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ލިބިއްޖެ އެވެ.

ތަކަންދޫގެ އަންހެން މެމްބަރުގެ ގޮނޑި ހުސްވީ މީގެ ދެތިން މަސް ކުރިން އެ މަގާމުގައި ހުންނެވި ކައުންސިލަރު އިސްތިއުފާ ދެއްވުމުން ނެވެ.

އެހެންވެ އާ މެމްބަރަކު އެ ގޮނޑިއަށް ހޮވަން ބާއްވާ އިންތިހާބު އަންނަ މަހުގެ 24 ވަނަ ދުވަހަށް އޮތީ ތާވަލުކޮށްފަ އެވެ.

އެކަމަކު އެ ގޮނޑިއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓް ފަހީމާ މުހައްމަދު އެކަންޏެވެ.

އެހެންވެ އޮޓަމެޓިކުން އޭނާއަށް ވަނީ އެ ގޮނޑި ލިބިފަ އެވެ.

ފަހަކަށް އައިސް ބާއްވަމުންދާ ކައުންސިލްތަކުގެ ބައި އިލެކްޝަންސްތަކަށް ކުރިމަތިލާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދުވެސް އެހާ ދަށެވެ. އެކަމުގެ ކަންބޮޑުވުން އިލެކްޝާންސް ކޮމިޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން