ކުރިއަށް އޮތް ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގައި 70،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ބުނީ މި ފަހަރު 73 ދާއިރާއަކަށް ވާދަކުރާ އެ ޕާޓީގެ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ބާއްވާނެ ކަމަށެވެ، އަދި އެ ޕްރައިމަރީގައި 227 ފޮށި ބަހައްޓާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ޕްރައިމަރީ ގައި ޖުމްލާ 71،597 މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

މި ފަހަރުގެ ޕްރައިމަރީގެ އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވަނީ ހެންވޭރު ދަނޑުގަ އެވެ. އަދި އަތޮޅު ތެރޭގެ ޕްރައިމަރީތަކުގެ ފޮށިތައް މާލޭގައި ބަހައްޓަން ނިންމާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ) ގައެވެ.

މި ފަހަރުގެ އިންތިހާބުގައި 283 ކެނޑިޑޭޓުން ވާދަކުރާއިރު 13 ބޭފުޅަކަށް ޕްރައިމަރީއާއި ނުލައި ވަނީ ޓިކެޓްދީފަ އެވެ.

އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހަައްމަދު ނާޒިމް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާއާއި މާމިނގިލީ މެމްބަރު ގާސިމް އިބްރާހިމް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ދާއިރާއަށް ޕީޕީއެމް/ ޕީއެންސީން ވާދައެއް ނުކުރާނެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ މާދަމާ ހެނދުނު 10އަކުން ހަވީރު ފަހަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން