ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު، ފޮޓޯ:ރައީސް އޮފީސް
ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު، ފޮޓޯ:ރައީސް އޮފީސް
މިސަރުކާރަކީ މުޒާހަރާއަށް ބިރުގަންނަ، މުޒާހަރާ ކުރުމުން އެކަމާއި ބިރުން ހަދާނެ އެއްޗެއްނޭގި ނޭވާހޮޅިއަށް އެޅޭ ސަރުކާރެއްކަމުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ އިހުތިޖާޖުތަކާއި ގުޅިގެން ފެންނަމުންދާ މަންޒަރުތަކާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރަކީ ވެރިކަމަށް އައުމުގެ ކުރިން އިހުތިޖާޖު ކުރުމާއި، އަޑުއުފުލުމަށް އެންމެ ބޮޑަށް ހިއްވަރު ދެއްވައި އެކަންކަމަށް ވަކާލާތު ކުރި މީހުންކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރު ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތުން މިއަދުވެސް މުޒާހަރާއަކަށް ބަޔަކު ނުކުތުމުން އެމްޑީޕީން ނުހަނު ބިރުގަނެ ނޭވާ ހޮޅިއަށް އެޅޭތަން ފެންނަމުންދާކަމަށް ޖަމީލް ވިދާޅުވިއެވެ.

އިންސާނީ ހައްޤު ކަށަވަރު ކުރުމާއި، ތިމާއަށް ގެއްލިގެންދާ ހައްގުތައް ހޯދުމަށް މަގުތަކަށް ނިކުމެ ވަކާލާތު ކުރުމަކީ ކޮންމެ މީހަކަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު އެހައްގު ގެއްލޭގޮތަކަށް ނުވަތަ އެހައްގު ހަނިވާގޮތަށް ސަރުކާރަށް ކަންކަން ނުކުރެވޭނެކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަކީ ސަރުކާރުގެ އޯގާތެރިކަމަކުން ލިބޭނެ އެއްޗެއް ނޫންކަމުގައި ޑރ. ޖަމީލް ވިދާޅުވިއެވެ.

"އިހްތިތިޖާޖްގެ ޙައްޤަކީ ސަރުކާރުގެ އޯގާތެރިކަމުން ލިބޭ އެއްޗެއް ނޫން. އެއްވެއުޅުން/ ޚިޔާލްފާޅުކުރުމުގެ ޙައްޤުގެ މެޑަލްޖަހައިގެން ތިބި ބަޔަކު ބިރުން ސިހި އަނިޔާވެރިވުމަކީ ނޭވާހޮޅިއަށް އެޅުމުގެ އަލާމާތެއް. އަނިޔާވެރިވެގެން ކުރިއެރުމެއް ނުލިބޭނެ. ދުނިޔެއިން ފިލާވަޅު ހޯދާ!" ޑރ. ޖަމީލް ވިދާޅުވިއެވެ.

މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ނުކުމެ މުޒާހަރާ ކުރިއަށް ނުގެންދެވޭނެހެން ފުލުހުން ގެންދަނީ މުޒާހަރާއަށް ހުރަސްއަޅަމުންނެވެ. ޤާނޫނު އަސާސީން އިހްތިޖާޖު ކުރުމާއި އަޑު އުފުލުމަކީ ކޮންމެ މީހަކަށް ކޮންމެ ތަނެއްގައި ކުރުމުގެ ހައްގު އޮތްކަމަކަށް ވީނަމަވެސް މި ސަރުކާރުންވަނީ މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ބުނެފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުގެ މިންވަރެއް ހޯދުމަށްޓަކައިނަމަވެސް އަޑު އުފުލުމާއި އިހުތިޖާޖުތައް ހުއްޓާ ނުލާނެކަމަށެވެ. އަދި މިއަދު މަގުތަކަށް މީހުން ނުކުންނަމުންދަނީ އިންސާނީ ކަރާމާތް ގެއްލި ބަނޑުފުރާނެ މުއްތި ކުރާނެ ގޮތެއްވެސް ނެތި ބަޑަށް ޖެހޭ ހިސާބަށް ރައްޔިތުންގެ ހާލަތު ދިއުމުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން