ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާއަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެގައުުމުގެ ރައްޔިތުންނަށް ގާސިމް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.



ގާސިމް ފޮނުއްވި މެސެޖްގައި، ރާއްޖެއާއި އިންޑިއާއާއި ދެމެދުގައިވާ ގުޅުމާއި އެކުވެރިކަން ދިމާވި ކޮންމެ ގޮންޖެހުމެއްގައިވެސް ހާމަވެގެންދިޔަ ކަމަށާއި އޭގެ ކުރިއެރުމާއި ތަނަވަސްކަން ފެންނަމުންދާތީ އެކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރަށްވެސް، ރާއްޖެއާއި އިންޑިއާއާއި ދެ ޤައުމުގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ގާއިމްކުރުމަށް އިންޑިއާގެ ހައި ކޮމިޝަނުން ވަރުބަލިކަމެއް ނެތި ކުރަމުންދާ މަސައްކަތް ފާހަގަކުރައްވަމުން ގާސިމް ވަނީ ކޮމިޝަނަށް ޝުކުރުއަދާ ކުރައްވާފައެވެ.

"ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމުގައި އެބޭފުޅުންގެ (އިންޑިއާ ހައި ކޮމިޝަން) ޚިދުމަތްތެރިކަން އަގުވަޒަންކުރެވޭ ވަރަށްވުރެ ބޮޑު." ގާސިމްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން