މިއަދު ކުރިއަށްދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ އިލެކްޝަނުގައި މާލޭ ހެންވޭރު ދަނޑުގައި ވޯޓުލުން ކުރިއަށްދިޔަ މަންޒަރު.
މިއަދު ކުރިއަށްދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ އިލެކްޝަނުގައި މާލޭ ހެންވޭރު ދަނޑުގައި ވޯޓުލުން ކުރިއަށްދިޔަ މަންޒަރު.
މިއަދު ކުރިއަށްދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ އިލެކްޝަނުގައި މާލޭގައި ބަހައްޓާފައި ހުރި އައްޑޫ މަރަދޫ ދާއިރާގެ ފޮށި ބާތިލު ކޮށްފިއެވެ.

މިފޮށީގައި ހުރި ވޯޓު ކަރުދާސްތައް ބާތިލުކޮށްފައިވަނީ ވޯޓު ލީ މީހުންގެ އަދަދާއި ވޯޓު ފޮށީގައި ހުރި ވޯޓުގެ އަދަދާއި ދިމާނުވުމުންކަމަށް ޕީޕީއެމުން ހާމަކޮށްފައިވެއެވެ.

ޕީޕީއެމްގެ މެމްބަރަކު ރަސް އޮންލައިން އަށް މަޢުލޫމާތު ދެމުން ބުނީ ހެންވޭރު ދަނޑުގައި ހުރި މަރަދޫ ދާއިރާގެ ފޮށްޓަށް ވޯޓް ލާފައިވަނީ 115 މީހުން ކަމާއި، ނަމަވެސް ވޯޓު ފޮށި ހުޅުވައި ގުނަން ފެށިއިރު ވޯޓު ފޮށީގައި އިތުރު 38 ވޯޓު އިންކަމަށެވެ. އަދި ވޯޓު ފޮށި ހުޅުވިއިރު ހުސް އޭފޯ ސައިޒު ގަނޑެއް އޮތް ކަމަށްވެސް ޕީޕީއެމް އިން ރަސް އޮންލައިން އަށް މަޢުލޫމާތު ދިން މެމްބަރު ހާމަކޮށްފައިވެއެވެ.

ހެންވޭރު ދަނޑުގައި ހުރި މަރަދޫ ދާއިރާގެ ވޯޓު ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ކެންޑިޑޭޓް ނަމްބަރ 1 އަބްދުﷲ އާނިޝް އަށް ލިބިފައިވަނީ 7 ވޯޓެވެ. ކެންޑިޑޭޓް ނަމްބަރު 2 އިބްރާހިމް ވިސާމް އަށް ލިބިފައިވަނީ 22 ވޯޓެވެ. އަދި ކެންޑިޑޭޓް ނަމްބަރ 3 ފަތުހުﷲ ނަސީރު އަށް އެއް ވޯޓު ލިބިފައިވެއެވެ. މީގެ އިތުރުން ކެންޑިޑޭޓް ނަމްބަރ 4 މުހައްމަދު ހަމްދޫން އަށް 53 ވޯޓު ލިބިފައިވާއިރު ކެންޑިޑޭޓް ނަމްބަރު 5 މުހައްމަދު އަމީތު އަށް 32 ވޯޓު ވަނީ ލިބިފައެވެ. މިހާހިސާބުން ވޯޓުގެ ޖުމްލަ އަދަދު 115 އަށް އެރި ނަމަވެސް ވޯޓު ފޮށީގައި ކެންޑިޑޭޓް ނަމްބަރު 5 މުހައްމަދު އަމީތު އަށް އިތުރު 38 ވޯޓު އޮތް ކަމަށް ވެއެވެ.

މިއަދަދު ތަކާއެކު އުފެދުނު ހަމަނުޖެހުން މައިތިރިކޮށް ވޯޓު ފޮށި ބާތިލުކުރުމަށް ނިންމާފައިވަނީ މިނިސްޓަރ ޝިޔާމް އެސަރަހައްދަށް ވަޑައިގެން ކަމަށް އެވަގުތު އެތާ ތިބި ޕީޕީއެމް މެމްބަރުން ބުނެއެވެ.

މާލޭގައި ބަހައްޓާފައި ހުރި އައްޑޫ މަރަދޫ ދާއިރާގެ ފޮށީގެ އިތުރުން އައްޑޫ މަރަދޫ ގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ދޮށުގައިވެސް ވަނީ ހަމަނުޖެހުން ހިނގާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އައްޑޫ މަރަދޫ ގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ދޮށުގައި ހަމަނުޖެހުން ހިނގާފައިވަނީ ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ލެވޭ މީހުންގެ ލިސްޓު ބަދަލު ވުމުންނެވެ. އަދި ބަދަލުވި ލިސްޓުގައި ވިއްސަކަށް މީހުން އިތުރުވެފައިވާކަމަށްވެއެވެ. ނަމަވެސް މި ވޯޓު ފޮށި ބާތިލު ކުރުމާމެދު ވަކި ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ވޯޓް ލުމުގެ ކުރިން، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމު ކުރުމާއެކު، އެލިސްޓައް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ޕީޕީއެމުން ވަނީ ދީފައެވެ. އަދި އެއަށްފަހު ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ވެސް ވަނީ އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ާާަާއެޑަމް

28-Jan-2024

ތީ ހާދަހާ ހެއްވާ ވަހަަކައެކޭ… ކިހިނެއް ތިނިންމީ އަމިތުއަށް ލިބުނު 38 ވޯޓަކީ ވަގު ވޯޓުކަމެއް؟


5

ޙަނާ

28-Jan-2024

ޢަދުރޭ ބޭނުން މީހަކަށް ޕާޓީ ޓިކެޓް ދީފަ ނިންމާލަންވީނު



ޓްރެންޑިން