މާލޭ، ގަލޮޅު، ނިކަގަސް މަގުގައި ހުރި ގެއަކުން، މަރުވެފައި އޮއްވާ ފެނުނީ ޑޮކުޓަރަށް ދައްކަން މާލެ އައި މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ އިރާކޮޅުގެ ވަގުތެއްގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިފައިވަނީ މާލޭ، ގަލޮޅު، ނިކަގަސް މަގުގައި ހުރި ގެއަކުންނެެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި މީހެއްގެ ހަބަރެއް ނުވާ ކަމަށް މިރޭ 20:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން އެމީހާ މާލެ އައިސް ހުރި ގެއަށް ގޮސް އެމީހާ ދިރިއުޅޭ ކޮޓަރިއަށް ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނިގޮތުގައި ނިޔާވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަރުވެފައި އޮތް މީހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު ފުލުހުން މިހާރު ވަނީ މަރުވެފައި އޮތް މީހާ ފެނުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގައިނައިޒް ކްރައިމް ޔުނިޓުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން