މަގުބޫލް ސަބަބެއް ނެތި ވަޒީރުންނަށް ރުހުން ނުދިނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އަައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވި ރައީސް މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ. އެހެން ނަމަވެސް ތަފާތު އެކި ބަހަނާތައް ދައްކައި މިހާތަނަށް ވެސް ވަޒީރުންނަށް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އަައްޑޫ ޝަރީފް) ވިދާޅުވީ ރައްޔިތުން އަލަށް ހޮވާފައިވާ ސަރުކާރަށް ރައްޔިތުންނަަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށާއި ޑިމޮކްރަސީގެ ރީތި އުސޫލަކީ އެއީ ކަމަށެވެ. އެގޮތުން މަގުބޫލް ސަބަބެއް ނެތި އެއްވެސް ވަޒީރަކަށް ރުހުން ނުދިނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށާއި އެކަމަކީ ޑިމޮކްރަސީ އާއި ފުށުއަރާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.



"ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން ހޮވާ ރައީސަކަށް ވެރިކަން ކުރުމުގެ ފުރުސަތު ދޭންވާނެ، އެމަނިކުފާނަށް އިތުބާރު ކުރެވޭ ވަޒީރުންގެ މަޖިލީހެެއް އެކުލަވާލުމުގެ ފުރުސަތު ދެވެން ޖެހޭނެ، މަގުބޫލް ސަބަބެއް ނެތި ވަޒީރަކަށް ރުހުން ނުދިނުމަކީ ގާނޫނު ދަންނަ ހަމައެއް ނޫން،" އިދިކޮޅު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޝަރީފް ވިދާޅުވިއެވެެ.

ރައީސް މުޢިއްޒުގެ ކެބިނެޓަކީ މިހާތަނަށް އައްޔަން ކުރި އެންމެ ގިނަ ވަޒީރުން ހިމެނޭ ކެބިނެޓެެވެ. އެގޮތުން ކެބިނެޓަށް 22 ވަޒީރުން ވަނީ އައްޔަން ކުރައްވާފައެވެ. ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މާދަމާ ޖަލްސާ އެއް ބާއްވަން ނިންމައި އެ ޖަލްސާއަށް އެމައްސަލަ މިހާރުވަނީ އެޖެންޑާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން