ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ދާދި ފަހުން ވަނީ ހާމަކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކޮށްއުޅޭ ކަމެއް ކަމަށެވެ. ހަމަ އެހެންމެ ޅެމަކީ އެއިއިން ސިއްހީ ފަރުވާ ދެވޭއެއްޗެއް ކަމަށާއި އަދި ޅެން ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ތަހައްމަލުކުރާ މީހުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

އަދި އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެމަށް އިތުރު ދަރަޖައެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރޮޒައިނާ އެކަން ސިފަކުރެއްވީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ.

"ތިބޭފުޅުން ތިއުޅުއްވަނީ ކިހިނެއްވެގެންތޯ؟ ނަފްސާނީ ބަލިތަކުގެ ހޭލުންތެރިކަން އިތުރުވެ ކިރިޔާ ރަނގަޅު މަސައްކަތްތަކެއް އެރޮނގުން ކުރެވެންފަށާއިރަށް އަނެއްކާ ފަހަތައްޖައްސަވަން ނޫޅުއްވާ!" ރޮޒައިނާ ވިދާޅުވި އެވެ.

އެހެންވެ ޅެމެއް ވިދާޅުވެގެންނަމަވެސް އެއަށްވުރެ ބަލައިގަނެވޭ ވާހަކަތަކެއް ދެއްކެވޭތޯ ބެލުމަށް ރޮޒައިނާ ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން