މެމްބަރުން ގަނެގެން އަދި ރިޝްވަތު ދީގެން ރައްޔިތުުންގެ އުއްމީދުތައް ފުނޑައެއް ނުލެވޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް މިއަދު ބޭއްވީވެސް ޑިމޮކްރެޓްސްއާއި އެމްޑީޕީން އެދިގެން ނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވުމުން އެކަން ހަމައަކަަށް އެޅުވުމަށް މަސައްކަތް ފެށުމަކީ މިއަދުގެ ޖަލްސާގެ މަގުސަދުތަކުގެ

ތެރޭގައި ހިމެނޭ ކަމެކެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން އެމްޑީޕީގެ މެމްބަރުން ގަނެލީ އެވެ.

"ރައެްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެގެންނެއް އަދި ދިވެހި ރައްޔިތުންގެ ތެރެއިން މީހުންނަށް އެކިއެކި ގޮތްގޮތުން ރިޝްވަތު ދީގެނެއް ރައްޔިތުންގެ އުއްމީދުތައް ފުނޑައެއް ނުލެވޭނެ." އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އަލީ އާޒިމް ވިދާޅުވީ ރާއްޖެ ހަރާބުކުރަން ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގައި ނުތިއްބަަވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްއިން އަބަދުވެސް އެދެނީ ރައްޔިތުންގެ ފައިދާއަށް އަދި ރައްޔިތުންގެ ލާބައަށް ކަންކަން ކުރުން ކަމަށެވެ.

ހަމަ އެހެން،މެ ރާއްޖޭގެ ވެރިކަމަށް ކޮރަޕްޓް އަދި ވައްކަމާއި ނާޖާއިޒް ކަންކަން ކުރާ ބޭފުޅަކު އައުމުން އެ ބޭފުޅަކު ވެރިކަމުން ބޭލޭނެ އެހެން ގޮތެއް ހޯދުމަކީ ރައްޔިތުންގެ މަޖިލީހުން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން