ކޮވިޑް-19 ފެތުރުން އިތުރުވި ނަމަވެސް ރާއްޖެ އަލުން ބަންދުކޮށްފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކޮވިޑް-19 ފެތުރުން އިތުރު ވެފައި ވާތީ އަލުން އަނެއްކާވެސް ފުރަބަންދަކަށް ދިއުމަށް ގިނަ ބަޔަކު ގޮވާލަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަލުން އަނބުރާ ބަންދު ކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވޭކަށް ނެތް ކަމަށެވެ.
"ކޮވިޑް ރޯގާ އާއި އެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭ. ރޯގާ އިން ސަލާމަތް ވުމަށްޓަކައި ގައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓް ވުމަށް ޖާގަ ދީފިނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ ވެސް ރާއްޖެ އިން އިތުރު 137 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރާފައެވެ. ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށުމުން ވެސް ރައީސް ނަޝީދު ވަނީ ފުރަބަންދު ކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު